ޚަބަރު
އުތީމުގައި ހުރި ޤައުމީ ބިނާތައް ތަރައްޤީކުރުމަށް މަޝްރޫޢުއެއް, ރައީސް ޑރ މުޢިއްޒު އިއުލާން ކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ހުރި ޤައުމީ ބިނާތައް އަސްލު ނުގެއްލޭނެ ގޮތަށް ތަރައްޤީކޮށް ކުރިއަރުވުމަށް ޤައުމިއްޔަތުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަން އިއްޔެ އިޢުލާންކުރައްވައިފިއެވެ. މި މަޝްރޫޢު ރައީސް އިޢުލާންކުރެއްވީ ޤައުމީ ބަޠަލު ބޮޑުތަކުރުފާނުގެ އުފަންރަށް ކަމަށްވާ ހއ. އުތީމުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އުތީމުން އެމަނިކުފާނަށް ކުރެއްވެނީ ޤައުމީ އިޙްސާސްތަކެއް ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަކީ ޢިމާރާތް ބިނާކުރުމާއެކު ފިކުރުވެސް ތަރައްޤީކުރުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ޤައުމިއްޔަތު އާލާކޮށް، ކުރިއަރުވައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

“ފަޚުރުވެރި އުތީމު މަހާރަދުންގެ ބިނާއާއި އެރަށުގެ ކޮންމެ ވެލިފުކެއް ބުނެދޭ ބުނެ ދިނުމާއި ރައްޔިތުންގެ ލޮލުން ބުނެދޭ ވާހަކައަކީ ޤައުމިއްޔަތު ހިމާޔަތްކުރާނަމަ އުތީމަށް ސަމާލުވާން ޖެހޭކަން،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި އުތީމަކީ ވަރަށް ފުރިހަމަ ދައުރެއް އަދާކުރާނެ ރަށެއް ކަމަށާއި، އެކަމަށް ވަރަށް ސަމާލުކަން ދީގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އުތީމުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުރިހަމަކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ޤައުމީ ބިނާތަކުގެ އަސްލު ނުގެއްލޭނެހެން އެކަންކަން ކުރައްވާނެ ކަމަށާއި، ޤައުމީ ދުވަސް ފާހަގަކުރާއިރު، ކުރިއާ ޚިލާފަށް އެމަނިކުފާނުގެ ވިސްނުމަކީ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިއަހަރާއި އަންނަ އަހަރު ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރައްވާނެ ކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އުތީމު ގަނޑުވަރު ބެލެހެއްޓުމާއި، އަސްލުވަންތަކަން ދެމެހެއްޓުމަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ބޭރުގެ އެހީއެއްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!