ޚަބަރު
މިއަހަރާއި އަންނަ އަހަރުގެ ގައުމީ ދުވަސް އުތީމުގައި ފާހަގަ ކުރުމަށް ރައީސް ނިންމަވައިފި

ހއ. އުތީމުގައި ޖެހިޖެހިގެން ދެ އަހަރު ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް ގައުމީ މަޝްރޫއެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިހާތަނަށް ސަރުކާރުތަކުން ސަމާލުކަން ދެއްވާފައި ނުވާ މިންވަރަށް ސަމާލުކަން ދެއްވައިގެން މި އަހަރާއި މި އަންނަ އަހަރު، ޤައުމީ ފެންވަރެއްގައި ޤައުމީ ދުވަސް، ފާހަގަކުރައްވާނީ ހއ. އުތީމުގައިކަން ރައީސް ޑރ މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ.

ރައީސް ޑރ މުޢިއްޒު މި ފަދައިން އިޢުލާންކުރެއްވީ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މިއީ އުތީމު މަހާރަދުންގެ އުފަން ރަށް ކަމަށާއި، އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ރައީސް ޑރ މުޢިއްޒު ފާހަގަކުރެއްވިއެވެ. ދިވެހި ޤައުމިއްޔަތުގެ އައިޑެންޓިޓީ ޙިމާޔަތްކުރުމަށްޓަކައި މިއީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރައީސް ޑރ މުޢިއްޒު ވަނީ، އެކަމަށް ބޭނުންވާ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ޤައުމީ ވިސްނުންފުޅެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުގައި، ކޮށްދެއްވާ ކަމެއްގެ ގޮތުގައި، ކޮށްދެއްވަންޖެހޭ ކޮންމެކަމެއްވެސް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރައްވަން ގަސްތު ކުރައްވަނީ 2 އަހަރުގެ މަޝްރޫޢެއްގެ ގޮތުގައިކަން ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވާނީ، ފިކުރީ ގޮތެއްގައި ޤައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި، ހއ. އުތީމަށް އަދާކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށެވެ. ހއ. އުތީމަކީ، ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުރަންޖެހޭ ރަށެއް ކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. ރަށުގެ ކޮންމެ ވެލިފުކަކުން ބުނެދޭ ބުނެދިނުމަކީ، ކޮންމެ ރައްޔިތެއްގެ ހިތުން ކިޔާ ނިދާއަކީ، އަދި ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކައަކީ ޤައުމީ ތަރިކައެއްގެ ގޮތުގައި ރައީސް ޑރ މުޢިއްޒު ވަނީ ސިފަކުރައްވާފައެވެ.

އެހެންކަމުން، ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި މުހިންމު ދައުރެއް، ވަރަށް ފުރިހަމަ ގޮތެއްގައި ހއ. އުތީމުގައި އަދާކުރައްވާނެކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން، ޢުމްރާނީ ތަރައްޤީގެ ރޮނގުންވެސް ގިނަ މަޝްރޫޢުތަކެއް ހއ. އުތީމުގައި ހިންގަންޖެހިފައި އެބަހުރިކަން ފާހަގަކުރައްވައި، އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. މިއީ އެހެން ރަށްތަކާ ތަފާތު ކުރުން ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ ޙައްޤުގައި ކުރައްވަންޖެހޭ ކަމެއް ކަމުގައި، ރައީސް ޑރ މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ ގޮތުން ބަލާއިރުވެސް، ކަން އޮންނަންޖެހޭ ގޮތަކީ މިއީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަފައި ވަނީ، ހއ. އުތީމުގެ ތަރައްޤީއަށްޓަކައި މަސައްކަތްޕުޅުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް އުތީމަށް އެނބުރިވަޑައިގެންނެވުމަށް އުންމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

ރައީސް ޑރ މުޢިއްޒު، ހއ. އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ބެހެއްޓުމާ ބެހޭ އެއްބަސްވުމުގައި ހއ. އުތީމު ކައުންސިލާއި ބީ.އެމް.އެލްއާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ޑރ މުޢިއްޒުގެ މި ދަތުރުފުޅުގައި، ހއ. އުތީމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަކިވަކީން އޮތް މި 2 ރަސްމިއްޔާތުގައި، ހއ. އުތީމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރެވެ. ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނެވެ.

ރައީސް ޑރ މުޢިއްޒު، ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ 3 ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހއ. އުތީމަކީ މި ދަތުރުފުޅުގައި ރައީސް ޑރ މުޢިއްޒު ވަޑައިގެންނެވި 3 ވަނަ ރަށެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ޑރ މުޢިއްޒުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!