ޚަބަރު
ދިއްދޫގައި އައިޑީކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި ބޭއްވުނު ޖަލްސާގައެވެ.

ޚިދުމަތް ފެށުމުގެ ގޮތުން ދިއްދޫގައި ފުރަތަމަ ޕްރިންޓްކުރެވުނު އައިޑީކާޑު ވަނީ އޭގެ ވެރިފަރާތް ކަމުގައިވާ,  ހއ. ދިއްދޫ / ކަށިމާވިލާ, ލަތީފް ހަސަނާ ހަވާލުކުރެވިފައެވެ. މިއީ މާލެއިން އެކަނި ލިބެމުން އައި އައިޑީކާޑުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން އެޅުނު އިތުރު ފިޔަވަޅެކެވެ.

ޑީއެންއާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މުޅި ރާއްޖޭގައި 174 ކަލެކްޓިން ސެންޓަރު ޤާއިމުކުރެވިފައިވެއެވެ. އަދި ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެންނެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ކުރިން ބޭނުންކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި އައު ޕޯޓަލްއެއް ޤާއިމުކޮށް، ރައްޔިތުންނަށް އަމިއްލައަށް ކާޑަށް އެދި ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރުގެ ތެރޭގައި ކާޑު ޕްރިންޓުކުރުމަށްފަހު، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލާ ހަވާލުކުރެވޭނެ ނިޒާމެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.

މީގެ ކުރިން ރ. އުނގޫފާރުގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!