ޚަބަރު
ނިމިދިޔަ 2024 ގައި ބީއެމްއެލް އަށް 2.1 ބިލިއަން ރުފިޔާގެ ސާފު ފައިދާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 4 ޕަސެންޓުގެ އިތުރުވުމެކެވެ.ބޭންކުން އާންމުކުރި އޮޑިޓް ނުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ބޭންކުގެ ޖުމްލަ އެސެޓު 3 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

2024 ވަނަ އަހަރު ބީއެމްއެލްއިން އާންމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެއެވެ. މީގެ އިތުރުން، ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވާ ކަމަށް ވެސް ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު 47 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މި ކުއާޓަރުގައި ބޭންކް ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ 2025 ވަނަ އަހަރު މަސައްކަތް ކުރާނީ 2024 ވަނަ އަހަރަށް ވުރެ ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް ކަމަށެވެ.

“2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރަން ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދޭ. 2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާ އެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާ އެކު،” އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މުހިންމު މަޝްރޫއުތަކުގެ ގޮތުގައި “މުޅި ރާއްޖެއަށް އޭޓީއެމް”ގެ ނަމުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމާއި “ބޭންކް ފަންޑު” 5 ފަރާތަކަށް ދިނުން ހިމެނެ އެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!