ޚަބަރު
އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު، އިޖުތިމާޢީ ގޮތުންނާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިންނާއި، އަދި މީގެތެރެއިން ވެސް ޒުވާނުންގެ ކުރިއެރުމަށާއިި، ޞިއްޙީ ޚިދުމަތުގެ ވަސީލަތްތައް ހޯދުމަށް ފަސޭހަ ގޮތްތައް މަގުފަހި ކޮށްދެއްވުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮށްދެއްވާފައިވާ މިންނެތް މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން، އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!