ޚަބަރު
ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަޝްވަރާކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ތަންތަނުގެ އިންޖީނުގެތަކުގެ މުވައްޒަފުންނާ މަޝްވަރާކޮށްފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހްމީ އާއި ކުންފުނީގެ އިސްވެރިން ކ. ދިއްފުށީގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަލާލުމަށްފަހު، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިންޖީނުގެތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ އެ ސަރަޙައްދުތަކުގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ކުންފުނިން ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރުގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގައި ކަރަންޓު ޚިދުމަތް މެދުނުކެނޑި ރަށްތަކަށް ފޯރުކޮށްދިނުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާތީ، އެ ވަޢުދު ފުއްދުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!