ޚަބަރު
ރައީސް ހއ. އުލިގަމަށް، މިއީ ދަތުރުފުޅުގެ ފަހު މަންޒިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްގެ ގޮތުގައި މިއަދު ހއ. އުލިގަމަށް ވަޑައިގެންފިއެވެ. އުލިގަމަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އުލިގަމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެއިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

އުލިގަމަށް ކުރައްވާ މި ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް މުހިންމު ދެ މަޝްރޫޢެއް ފެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އުލިގަމު އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްދާނެއެވެ. އަދި ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި އޭޓީއެމް ހެދުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރުންވެސް ކުރިއަށްދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ހއ. އަތޮޅުގެ ރަށްތަކުގެ ތަރައްޤީއާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިހާތަނަށް ހއ. އަތޮޅުގެ 10 ރަށަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!