ޚަބަރު
ހުއްޓިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ފެބްރުއަރީގައި ފަށާނެ: ރައީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ހުރިހާ މަޝްރޫޢުތަކެއް އަންނަ ފެބްރުއަރީ މަހުން ފެށިގެން ބާރު ދުވެލީގައި ކުރިއަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ހއ. އުލިގަމު ރައްޔިތުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ބަޖެޓުގެ ތެރެއިން އުލިގަމުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަކީ މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވައި، މިހާރު ހުރި ސިއްޙީ މަރުކަޒުގައި ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ބޮޑުކަން ފާހަގަކުރެއްވިއެވެ.

އުލިގަމުގެ އައު ސިއްޙީ މަރުކަޒާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “އެމްޓީސީސީއާއެކު ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކޮށް، ސައިޓް މޮބިލައިޒްކޮށް ރަމަޟާންމަހުގެ ފަހުން ޢަމަލީ މަސައްކަތް ފެށޭނެ” ކަމަށެވެ. މީގެއިތުރުން، ބަނދަރުގެ ޖާގައިގެ ދަތިކަމާއި ކުނީގެ މައްސަލައަށްވެސް މިއަހަރު ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސް ވަނީ ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށަން އިދާރީ ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ ކުރީގެ އެއްބަސްވުންތައް ބާޠިލުކުރުންފަދަ ކަންކަންކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ފެބުރުއަރީމަހު އެ މަޝްރޫޢުތައް ވަރަށް ބާރަށް ހިނގައިގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންކަމުން މިކަންކަން ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރާނަން. އެހެންވީމަ މިކަންކަން ހިނގައިގަންނާނެ. މިރަށުގައި ސްކޫލުގެ މަސައްކަތްވެސް މި ދެންނެވި ސިޔާސަތުގެ ދަށުން ޓަރމިނޭޓްކުރެވި އަލުން ސްޓާޓް ކުރާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުރިހާ މަޝްރޫއުއެއް ހުއްޓިފައިހުރީ މިހެންވެ. ހުރިހާ މަޝްރޫޢުތައް ސޯޓްއައުޓްކުރެވި ފެބުރުއަރީ މަހު ހުރިހާ މަޝްރޫޢުއެއް ހިނގައި ގަންނަނާނެ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެވާހަކަ ތަފްސީލްކޮށްދިނީ އެކަމުގެ ދެފުށް ފެންނަގޮތަށް ހާމަކޮށް އެ އެމަސައްކަތް ފަށައިގަތުމަށްކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!