ދިމްޔާތުގެ ފުރަތަމަ ފަންގިފިލާގެ ބޭރުގައި ކުލަލާން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ، ވެއްޓިފައިވަނީ މ. ދިމްޔާތުގެ ފުރަތަމަ ފަންގިފިލާގެ ބޭރުގައި ކުލަ ލާން އުޅުނު އިންޑިއާ މީހެއް ކަމަށެވެ. އަދި އެމީހާ ވެއްޓުނުކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 17:00 ހާއިރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާގައި އަނިޔާވި އިންޑިއާ މީހާއަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާކަމަށެވެ.
އޭނައަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.