ޚަބަރު
އިސްރަށްވެހިންނަށް އިހުސާސްތައް ހިއްސާކުރުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް!

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިހުސާސްތައް ހިއްސާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަންގައި 45 އިސްރަށްވެހިން ބައިވެރި ވިއެވެ.

މިއީ މިއަހަރު އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބޭއްވުނު ފުރަތަމަ ސެޝަން ކަމުގައިވާއިރު، މިދިޔަ އަހަރުގެ ޖުލައި، އޮގަސްޓް، އޮކްޓޫބަރު އަދި ނޮވެންބަރު މަހުގައިވެސް މިފަދަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތިން މުހިންމު ދާއިރާއަކަށެވެ. އެއީ އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި، އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި، އަދި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަން ފަދަ ބައިތަކެވެ.

މި ސެޝަންގައި ބައިވެރިންނާއެކު މަޝްވަރާކޮށް، އެ ފަރާތްތަކުގެ ޚިޔާލުތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ދެވުނެވެ. މިފަދަ ސެޝަންތަކަކީ އިސްރަށްވެހިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެއް ކަމުގައި ފާހަގަކުރެވެއެވެ.

މި ސެޝަންތަކުގެ ސަބަބުން އިސްރަށްވެހިންގެ މެދުގައި އިޖުތިމާއީ ގުޅުންތައް ބަދަހިވެ، އެކަކު އަނެކަކަށް އެހީތެރިވެދީ، އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!