ޚަބަރު
އުލިގަމު ބަނދަރު މަޝްރޫޢުގެ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓް ސައިޓަށް ގެންގޮސްފި

ހއ. އުލިގަމު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި މިހާރު ކުރިއަށްދަނީ ބްލޮކް ބާލައި ހަރުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ކުރިން ފުންކޮށްފައިވާ 10,400 ކިއުބިކް މީޓަރުގެ ފަޅު އަލުން ފުންކުރުމާއި، 46,181 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 21,708 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެއިތުރުން، 238 މީޓަރުގެ ބޭރުތޮށި ލުމާއި، 180 މީޓަރުގެ ރިވެޓްމެންޓް އަދި 300 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން 183 މީޓަރުގެ ވެލިފުރާފައިވާ އައުޓަރ ބޭރުތޮށްޓަކާއި 162 މީޓަރުގެ އިނަރ ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 238 މީޓަރުގެ އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު ރޭމްޕަކާއި 25 މީޓަރު ދިގު ބްރިޖެއް އަދި 100 މީޓަރު ދިގު ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

73.88 މިލިއަން ރުފިޔާގެ މި މަޝްރޫޢު 600 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 2200 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި، 390 މީޓަރުގެ ކާރބް ހަރުކުރުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމްޓީސީސީއަކީ ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!