ޚަބަރު
2024 ވަނަ އަހަރު އިސްލާމިކް ބޭންކަށް 282 މިލިއަން ރުފިޔާގެ ސާފު ފައިދާ

ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 60 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ބޭންކުގެ އެސެޓް ވެލިއު ވަނީ 11.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 39 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ.

އެމްއައިބީއިން ބުނާ ގޮތުގައި މިދިޔަ އަހަރު އެ ބޭންކުން ގެނެސްދީފައިވާ ލުއިފަސޭހަތަކާ ގުޅިގެން ކަސްޓަމަރުންގެ އިތުބާރު އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭންކުގެ ޑިޕޮސިޓް ބޭސް ވަނީ 9.12 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެމްއައިބީއަކީ ރާއްޖޭގައި ބޭންކަށް ނުގޮސް، ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތްދޭ ހަމައެކަނި ބޭންކެވެ.

އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އެމްއައިބީއަށް މިދިޔަ ކުއާޓަރުގައި ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑް ލިބިފައެވެ. “އެމްއައިބީގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔަކީ އެ ބޭންކުގެ ކަސްޓަމަރުން،” އެމްއައިބީން ބުނެފައިވެ އެވެ.

އެމްއައިބީން އިތުރަށް ބުނީ ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމަށާއި 2025 ވަނަ އަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!