ޚަބަރު
ހިންމަފުށްޓާއި ގާފަރުގެ އިންޖީނުގެތަކުގެ ހާލަތު ބެއްލެވުމަށް ސްޓެލްކޯގެ އެމްޑީ ޒިޔާރަތްކުރައްވައިފި

ކ. އަތޮޅުގެ ހިންމަފުށްޓާއި ގާފަރުގެ އިންޖީނުގެތަކުގެ ހާލަތު ދެނެގަތުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ އާއި އެ ކުންފުނީގެ އިސްވެރިންގެ ޓީމެއް އިއްޔެ އެ ދެ ރަށަށް ޒިޔާރަތްކުރައްވައިފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ހާލަތު ގާތުން ބެއްލެވުމާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމެވެ. އަދި މި ކަންކަމަށް ހައްލު ހޯދުމުގައި މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

ސްޓެލްކޯއިން ގެންދަނީ އެ ކުންފުނިން ޤާއިމްކޮށްފައިވާ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކުރުމަށް އެތަންތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. މީގެ އިތުރުން، އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްވެސް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ރޯދަ މަހުގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދު ފުއްދުމަށްޓަކައި ސްޓެލްކޯއިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ފަށާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!