ޚަބަރު
ބަންދު ފޯރަމްގައި ހުށަހެޅުނު ޙައްލުތައް ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހު ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފި

ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ބޭއްވުނު “ބަންދު ފޯރަމް” ގައި ހުށަހެޅުނު ޙައްލުތައް ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހު ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ފެބްރުވަރީ 1 ވަނަ ދުވަހު ބޭއްވުނު މި ފޯރަމްގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެކި އިދާރާތަކުން ބައިވެރިވިއެވެ. ފޯރަމްގައި ބައިވެރިވި ފަރާތްތަކުން އެއްބަސްވި ގޮތުގައި ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ބަންދުކުރެވޭ މީހުންގެ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ނިންމުން ލަސްވުމަކީ މައްސަލައެއް ކަމުގައި ވަނީފާހަގަކޮށްފައެވެ.

ކޯޓުތަކުގައި ޖިނާއީ މައްސަލަތައް އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފޯރަމްގައި މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓު އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމުގެ ފުރުޞަތުތައް ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ފޯރަމްގެ ދެވަނަ ބައި ޖުޑީޝަރީއާއެކު ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފޯރަމްގައި ހުށަހެޅުނު ޙައްލުތައް ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހު، ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި، އެ ކަންކަން ތަންފީޛުކުރެވެމުންދާ މިންވަރު ބަލަމުން ގެންދާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!