ޚަބަރު
އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތް ހަދަނީ

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި، ސަރުކާރުގެ ޑިޖިޓަލް އައިޑީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. މި ބަދަލު ގެނައުމުން، ޕާޓީތަކަށް ރަޖިސްޓްރީވުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ހާމަކުރި ގޮތުގައި މި ބަދަލު ގެނައުމަށް ނިންމީ އޮޅުވާލައިގެން ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަތައް ގިނަވުމާ ގުޅިގެން އެ މައްސަލަ ޙައްލުކުރުމުގެ ގޮތުންނެވެ.

ޙަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އީ-ފާސް ނިޒާމުގެތެރެއަށް ވެއްދުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާކަމަށްވެސް ޙަސަން ވިދާޅުވިއެވެއަދި މިހާރު ކުރިއަށްދަނީ ޑިޒައިންކުރި ޕޯޓަލް ޓެސްޓްކުރުމުގެ މަސައްކަތްކަމަށް ހަސަން ހާމަކުރިއެވެ.

“މިހާރު ކަރުދާސް ފޯމެއް ފުރައިގެން ޕާޓީތަކަށް މީހުން ވެއްދޭގޮތަށް އޮތުމުގެ ސަބަބުން މީހާއަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ފުރުޞަތު އެބައޮތް. އޭގެބަދަލުގައި ޑިޖިޓަލް އައިޑީ ނުވަތަ އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް ވަދެވޭގޮތް ހެދުމުން، ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވޭނީ އެމީހަކު އަމިއްލައަށް ވެރިފައިޑް އެކައުންޓަކުން ފުރާ ފޯމަކުން,” ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލާ އެކު އެކަކު އެތައް ޕާޓީއެއްގައި އޮންނަ އޮތުންވެސް ނިމުމަކަށް އަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ. އަދި ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މި އައު ނިޒާމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ގެނެވޭ މުހިންމު ބަދަލެއްކަމަށް ބެލެވެއެވެ. މި ބަދަލުން ރައްޔިތުންނަށް އިތުރު ބާރުވެރިކަމެއް ލިބި، ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!