ޚަބަރު
ހާއްސައެހީއަށް ބޭނުންވާ އުލިގަމު ޒުވާނަކު ވަޒީފާއަށް އެދި ރައީސަށް ދެންނެވި; ވަޒީފާ ފެނަކައިން!

ހއ. އުލިގަމުގައި ދިރިއުޅެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ވަޒީފާއެއް ދިނުމަށް އެދުނުތާ ތިން ދުވަސް ފަހުން، އެކަން ހަމަޖައްސައިދީފިއެވެ.

ރައީސް ޑރ. މުއިއްޒު، އަތޮޅުތެރޭގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އުލިގަމަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އުލިގަމަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތް މީހުންގެ ތެރޭގައި އުލިގަމު، ފަޒާ، އިހްސާން އަބްދުލް މުހްސިން ހިމެނެއެވެ. އިހްސާނަކީ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނެކެވެ. ސަފުގައި ހުރެ އިހްސާން، ރައީސް ޑރ. މުއިއްޒަށް ދިއްކޮށްލިއްކޮށްލީ ސިޓީއެކެވެ. އެ ސިޓީގައި އިހްސާން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެދުނީ ވަޒީފާއަކަށެވެ.

އޭގެ ތިން ދުވަސް ފަހުން، އިހްސން، އިހްސާނަށް ވަނީ އުލިގަމު ފެނަކަ ބްރާންޗުން ވަޒީފާ ހަމަޖައްސައި ދީފައެވެ.

އުލިގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އުލިގަމުގެ ތަރައްގީ އަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށާއި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ކަންތައްތައް އޭގެތެރޭގައި ހިމެނޭނެ ކަމަށެވެ.

ސިއްހީ މަރުކަޒުގެ ޖާގަ އާއި އެތަނުގެ ހާލަތާއި އަދި ވަސީލަތްތައް ވަރަށް އާދައިގެ ގޮތަކަށް ކުޑަކޮށް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް އުލިގަމުގައި ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ސިއްހީ މަރުކަޒެއް އަޅައި ދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!