ޚަބަރު
ހިމަންދޫގައި ހިންގި ޣައްޒާ އެހީ ހަރަކާތުން 260,800 ރުފިޔާ!

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ރަށުގެ އެކި މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހިންގި ޚައިރާތީ ހަރަކާތުން 260,800 ރުފިޔާ ވަނީ އެއްކުރެވިފައެވެ.

“ހެލްޕް ޣައްޒާ – ދިވެހިން ހަނދާނެއް ނުނެތޭ” ގެ ނަމުގައި ހިންގުނު މި ހަރަކާތުގައި ހިމަންދޫ ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތައް ބައިވެރިވިއެވެ. އެއްކުރެވުނު ފައިސާގެ ތެރެއިން 126,560 ރުފިޔާއަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ.

މި ހަރަކާތަކީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުގައި އެހީތެރިވުމަށް ހިންގުނު ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ހިމަންދޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އިންސާނިއްޔަތަށް އެހީތެރިވުމުގެ ރޫހު ވަނީ ފެނިގެން ގޮސްފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މި ހަރަކާތާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “މިފަދަ އިޖްތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވެ، އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން” ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!