ޚަބަރު
ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ކުރިއަށް އޮތް ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިޔަނުދިނުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް އެސްޓީއޯއިން ވަނީ ދުރާލާ ކޮށްފައެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބްރުއަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފުރަތަމަ ޝިޕްމެންޓަށްފަހު ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައްވެސް ގެނެވޭނެއެވެ. އަދި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތިވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.

“ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ،” އެސްޓީއޯގެ ބަޔާނުގައި ބުނެފައިވެއެވެ.

މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި

  • ފިޔާ
  • ބިސް
  • އަލުވި
  • ކާށި
  • ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ

  • ލޮނުމެދު
  • އިނގުރު
  • ލައިމް
  • ކެރެޓް
  • އޮރެންޖް
  • ކެބެޖް
  • މިރުސް
  • ފޭރު
  • ކަރާ
  • އަނބު
  • ޕެޝަންފުރުޓް
  • ކިއުކަންބާ

ޕްރޮސެސްޑް ކާނާ

  • ނެސްލޭ ކުރީމް
  • ކޮކޯ ޕައުޑަރ
  • ބޭކެޓް ބީންސް
  • ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި

  • ސަންފްލާވަރ އޮއިލް
  • ވެޖިޓަބަލް އޮއިލް
  • ބާސްމަތި ހަނޑޫ

އެސްޓީއޯއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ މަޤްޞަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!