ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައިވާ ގެއްލިފައިވާ ތަކެތީގެ ވެރިން ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ފަށައިފައެވެ.

ފުލުހުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ސަރަހައްދުތަކުން ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި، ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރެވުނު ފަރާތްތަކުގެ އަތުން ފެނިފައިވާ ތަކެއްޗެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އޭގެ ވެރިފަރާތް ކަށަވަރު ނުކުރެވިގެންނެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ހެންވޭރު ޕޮލިސް

2024 މެއި 18 ވަނަ ދުވަހު، ސިނަމާލެ ބްރިޖު މާލެއިން ބްރިޖަށް އަރާ ހިސާބުން ހޮވައިގެން ގެނެސްފައިވާ ރަންފަށެއް. އިންސިޑެންޓް ނަންބަރު 628308

މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުން އެދެއެވެ.

ގަލޮޅު ޕޮލިސް

ޖަނަވަރީ 24 ވަނަ ދުވަހު، ސަހަރާ މަގު، ބަނގްލާ މާޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރިއަލްމީ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 627626

ފެބުރުވަރީ 3 ވަނަ ދުވަހު، އިސްކަންދަރު ސްކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 628879

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މާފަންނު ޕޮލިސް

2024 ޑިސެމްބަރު 4 ވަނަ ދުވަހު، ބަންޑާރަ މިސްކިތުން ފެނިފައިވާ ރެޑްމީ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 628982

2024 ޑިސެމްބަރު 29 ވަނަ ދުވަހު، ބޮޑުތަކުރުފާނު މަގު، ފްރެޝް މޯ ޓްރޭޑް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓްރިމަރއެއް. އިންސިޑެންޓް ނަންބަރު 624847

ޖަނަވަރީ 13 ވަނަ ދުވަހު، ހަވީރީ ހިނގުން، ފަންހިޔާ ބިލްޑިންގ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 5 ފޮށި ގަލަން އަދި ޓްރިމަރއެއް. އިންސިޑެންޓް ނަންބަރު 625603

މި ތަކެތީގެ ވެރިފަރާތުން 9660184 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިސް

ޖަނަވަރީ 28 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން ހޮވައިގެން ގެެނެސްފައިވާ، ސިޓީ އުރައަކަށް ލާފައިއޮތް 52 ޑޮލަރު. އިންސިޑެންޓް ނަންބަރު 628244

މި ތަކެތީގެ ވެރިފަރާތުން 9400056 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ހުޅެމާލެ ފޭސް 1 ޕޮލިސް

ޖަނަވަރީ 27 ވަނަ ދުވަހު، ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނޫކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރު 628016

ފެބުރުވަރީ 4 ވަނަ ދުވަހު، މާލެ، ބުރުޒުމަގުން ހުޅުމާލެ ފޭސް 1 ސިޓީ ގަރާޖު ކައިރިއަށް ދަތުރުކުރި ޓެކްސީއަކަށް ދޫކޮށްލެވިފައިވާ ރަތްކުލައިގެ ފޮއްޓެއް. އިންސިޑެންޓް ނަންބަރު 629055

މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!