ޚަބަރު
ވަޒީރުން މަސައްކަތް ކުރަމުންދަނީ ރައީސްގެ ސާފު ޕްލޭނާއި އުސޫލުތަކާ އެއްގޮތަށް: މިނިސްޓަރ މުއްޠަލިބް

ވަޒީރުން މަސައްކަތް ކުރަމުންދަނީ ރައީސް ޑރ. މުޢިއްޒުގެ ސާފު ޕްލޭނާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

“ރިޔާސީ ބަޔާން 2025 ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަލަށް ފަށަން ޖެހޭ މަޝްރޫޢުތައް ތަފްޞީލުކޮށް ހިމަނުއްވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އިޚްލާޞްތެރިކަން ހުރިކަން އެމަނިކުފާނުގެ ވާހަކަފުޅުތަކުންނާއި ރިޔާސީ ބަޔާނުން ސާފުވެގެންދާ ކަމަށް ވެސް މިނިސްޓަރު ހާމަކޮށްފައިވެއެވެ.

“އެހެންވީމަ އަޅުގަނޑަށް މި އަހަރު ވެގެން ދާނީ، ހަގީގަތުގައި އެމަނިކުފާނު ވިދާޅުވިގޮތަށް، ނަތީ ޖާ ނެރެދެވޭ އަހަރަކަށް. އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި އިގްތިސާދީ އަދި މާލީ ދަތިތަކާއެކުގައިވެސް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށްޓަކައި ނަތީޖާ މި އަހަރު ފެނިގެން ދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މާޙައުލުގައި އާންމުކޮށް ފެންނަނީ އިންތިޚާބު ކާމިޔާބުކުރުމަށް ވާ ވައުދުތައް ފަހުން ހަނދާން ނައްތާލާ މަންޒަރެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުއްވައި، އެ ވައުދުތައް ތަކުރާރުކޮށް ހަނދާން ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އަދި ރިޔާސީ ބަޔާނުގައިވެސް މި ވައުދުތައް ތަކުރާރުކުރެއްވުމުން ދޭހަވަނީ ރައީސް މުޢިއްޒުގެ ހިތްޕުޅުގައި ވައުދުތައް ފުއްދެވުމަށް ހުރި އިޚްލާޞްތެރިކަމާއި ވަރުގަދަ އަޒުމް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!