ޚަބަރު
އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން: އަޒާން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޗުއްޓީގައި ދާއިރާގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ރައްޔިތުން ހިއްސާކުރެއްވި ހިޔާލާއި މަޝްވަރާއާ އެއްގޮތަށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ދާއިރާއަށް އަދި އައްޑޫއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެއެވެ.

މީގެއިތުރުން އައްޑޫގެ ތަރައްގީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި ނަޒާހަތްތެރިކަމާއި ހެޔޮވެރިކަމުގެ އުސޫލުތައް ނެގެހެއްޓުމަށް މަޖިލިސް މެންބަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.

މި ބަޔާން އައިސްފައިވަނީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުން، މި އަހަރަކީ އަމަލީ ގޮތުން ހަރަކާތްތެރިވާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވުމާ ގުޅިގެންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، “އަޅުގަނޑުގެ އަޒުމަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަން އަބަދުވެސް ކުރިއަށް ނެރުން. ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައި މަސައްކަތް ކުރުން. މާތް ﷲ އިރާދަކުރެއްވިއްޔާ މި އަހަރަކީ އަމަލީ މަސައްކަތުގެ އަހަރު. ކުރިއަށް އޮތީ، ނަތީޖާ ނެރެދިނުމުގެ ގައުމީ މޫސުމެއް.”

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!