ޚަބަރު
މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މުއްޠަލިބް

ހދ. މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ. މި ޔަޤީންކަން ވަޒީރު ދެއްވާފައިވަނީ މަކުނުދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އިދިކޮޅު ބައެއް ފަރާތްތަކުން އެއަރޕޯޓާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކުރުމުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި، އެއަރޕޯޓުގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

“މަކުނުދޫގެ އެއަރޕޯޓަކީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑަށްވެސް އިޙްސާސްކުރެވުނު މާލެއިން ކުޅުދުއްފުށްޓަށް އަންނަން މިޖެހެނީ. ކަނޑު ގަދަ ދުވަސް ދުވަހު ކުޅުދުއްފުށިން މި ރަށަށް އައުމަކީ ދަތިކަމެއް،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މަޝްރޫޢުއެކެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ބިގް ފިޝް މޯލްޑިވްސްއާ ޙަވާލުކޮށްގެންނެވެ.

ވަޒީރު ވިދާޅުވިގޮތުގައި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިމުމުން، ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) މެދުވެރިކޮށް، ރަންވޭ އާއި ޓަރމިނަލް ހެދުންފަދަ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!