ޚަބަރު
ބައި-އިލެކްޝަން: 3 ގަޑިއިރު ތެރޭ ވޯޓުލާފައި ވަނީ 1725 މީހުން!

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި މެންދުރު 11:00 އާ ހަމައަށް 1725 މީހުން ވޯޓުލައިފިއެވެ. މިއީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 15 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ޖުމްލަ 11،325 މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވާ 1725 މީހުންގެ ތެރޭގައި ހިމެނެނީ 798 އަންހެނުންނާއި 927 ފިރިހެނުންނެވެ.

މިއަދުގެ ބައި-އިލެކްޝަނަކީ ދެ ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުނެގުމެކެވެ.

ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައި ކަމަށާއި، ވޯޓުލުން ނިމޭނީ މިއަދު ހަވީރު 4:00 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ.

މާލޭގައި ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްޓަކައި މާފަންނު މަދުރަސާގައި ވޯޓު ފޮށިތައް ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް ގިނަ މީހުން ވޯޓުލުމަށް އިލްތިމާސްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!