ޚަބަރު
ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް!

މިއަދު ކުރިއަށްދާ ބައި-އިލެކްޝަން ވޯޓުލުމުގެ ތެރެއިން، މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ދިމާވެއްޖެއެވެ.

މިކަން ހާމަ ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާއެވެ. ހަސަން ޒަކަރިއްޔާ ވިދާޅުވީ، ނ. މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިއަދު ހެނދުނު 8:00 ގައި ފެށުނު ބައި-އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން މިހާތަނަށް ގޮސްފައިވަނީ ވަރަށްވެސް އަމާންއޮމާންކަމާއެކުގައި ކަމަށާއި މިހާތަނަށް ފާހަގަކުރެވުނީ ދެކަމެއް ކަމަށެވެ. އެއްކަމަކީ ވޯޓަރސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަތަކެއް ކަމަށާއި އަނެއް މައްސަލައަކީ މިލަދޫގައި ވޯޓު ކަރުދާސް ހިފައިގެން ނުކުންނަން އުޅުނު މައްސަލައެއް ކަމަށް ހަސަންޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.

“ވޯޓުލާން ވަޑައިގެންނެވި ބޭފުޅަކު ކަރުދާސް ޖީބަށް ލައިގެން ބޭރަށް ނުކުންނަން އުޅުނު މައްސަލައެއް. އެކަން އަޅުގަނޑުމެން މިހާރު ޕޮލިހާ ގުޅިގެން ތަހުގީގީ މަރުހަލާގައި އެބަ ކުރިއަށްގެންދަން. އެއީ ކަނޑައެޅިގެން ޤާނޫނީ ގޮތުން ކުށެއް. އެހެންވީމަ އެ މައްސަލަ ބަލާފައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،” އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުށަހެޅުނު ވޯޓަރސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަ ދިމާވީ ކޮން ސަބަބަކާހެދިތޯ ބެލުމަށްފަހު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މިއަދުގެ ވޯޓުލުން ރަށެއްގައި ވެސް ކުރިއަށްދަނީ އަމާންކަމާއެކުކަން ފާހަގަކުރައްވައި ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެހެން ބައި-އިލެކްޝަންތަކަށްވުރެ މިއަދު ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތުން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއަދުގެ ބައި-އިލެކްޝަންގައި 2 ރަށެއްގެ ކައުންސިލް އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ވޯޓުލުން ކުރިއަށްދާއިރު، މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!