ޚަބަރު
ކަނޑުހުޅުދޫ ގޮނޑި ވެސް ޕީއެންސީއަށް!

ބައެއް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި، ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ވެސް ވެރިކަންކުރާ ޕީއެންސީ ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވުނު ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުން، ވާދަކުރި ހުރިހާ ގޮނޑިއެއް ވެސް ވަނީ ސަރުކާރަށް ކާމިޔާބުވެފައެވެ.

އެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު ލ. ގަމުގެ ގޮނޑި ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. މި ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓަށް 831 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 663 ވޯޓެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް ނ. ލަންދޫގެ ގޮނޑި ވެސް ވަނީ ސަރުކާރުން ހޯދާފައެވެ.

މި ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓް އާތިފާއަށް 326 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓް ރިޔާޝާއަށް ލިބުނީ 289 ވޯޓެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ދާދިފަހުން ބޭއްވުނު ލަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީން 34 ވޯޓުގެ ތަފާތުން ކާމިޔާބުކުރި ގޮނޑި، މިފަހަރު ޕީއެންސީ އިން ވަނީ 37 ވޯޓުގެ ތަފާތުން ކާމިޔާބުކޮށްފައެވެ. މިއީ ޕީއެންސީއަށް އަނެއްކާވެސް ލިބުނު އިތުރު ކުރިއެރުމެކެވެ.

މިއަދުގެ ބައި-އިލެކްޝަންތަކުގައި ވޯޓުލުން ކުރިއަށްގެންދިޔައީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި ވޯޓުލުމުގެ ސުންގަޑި ހަމަވިއިރު ވޯޓުލާފައިވަނީ 55.4 އިންސައްތަ މީހުންނެވެ. މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ވޯޓުލުން ކުރިއަށްގެންދިޔައީ މާފަންނު މަދަރުސާގައެވެ.

މިއަދުގެ ބައި-އިލެކްޝަންތަކުގައި ދެ ރަށެއްގެ ކައުންސިލް މެންބަރުންނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްގެންދެވުނެވެ. މީގެ ތެރޭގައި ހދ. މަކުނުދޫ އަދި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތައް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!