ޚަބަރު
މަކުނުދޫ ސްވިމިންގ ޓްރެކްގެ މަސައްކަތް ނިމުމަކަށް!

ކުޅިވަރާބެހޭ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި ހދ. މަކުނުދޫގައި އަޅަމުންދިޔަ ސްވިމިންގ ޓްރެކްގެ އަމަލީ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

ސަރުކާރުން ވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ފުރިހަމަކުރުމުގެ އަމާޒެއް ކަނޑައަޅާފައެވެ. މި ގޮތުން މަކުނުދޫގައި ގާއިމްކުރެވުނު މި ސްވިމިންގ ޓްރެކަކީ އެރަށަށް ލިބުނު މުހިންމު ކުޅިވަރު ވަސީލަތެއްކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލެވުނީ ސްވިމިންގ އެސޯސިއޭޝަނާއި މަކުނުދޫ ކައުންސިލް އަދި އެރަށުގެ އެންމެހާ މުވައްސަސާތަކުގެ އިތުރުން މަކުނުދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކުގައި ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ސްވިމިންގ ޓްރެކް ގާއިމްކުރެވުމާއެކު، މަކުނުދޫގެ ޒުވާނުންނަށާއި ކުޑަކުދިންނަށް ފެތުމުގެ ހުނަރު ދަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!