ޚަބަރު
ލާމު ގަމު ޑަބްލިއު.ޑީ.ސީ ގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު އަފްރާޙަށް!

ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވުނު މި ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު އަފްރާހު 831 ވޯޓު ހޯއްދަވައިގެން، އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު އަލީ (646 ވޯޓު) ބަލިކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ރާއްޖޭގެ 12 ދާއިރާއެއްގައި ވޯޓުލުން ބާއްވާފައިވެއެވެ. މީގެ ތެރޭގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ހިމެނެއެވެ. ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ލ. ގަމުގެ އިތުރުން، ނ. ލަންދޫ، ހދ. ހިރިމަރަދޫ، ނ. މިލަދޫ، އދ. ހަންޏާމީދޫ، ބ. ގޮއިދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ދ. ހުޅުދެލި، ކަނޑުހުޅުދޫ އަދި ތ. ބުރުނީގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުނެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު، ގިނަ ގޮނޑިތަކެއް ކާމިޔާބުކުރަމުންދަނީ ޕީއެންސީއިންނެވެ. ލ. ގަމުގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި އާމިނަތު އި އާމިނަތު އަފްރާ ކާމިޔާބުކުރެއްވީ 831 ވޯޓު ލިބިވަޑައިގެންނެވެ. އިދިކޮޅު ކެންޑިޑޭޓް އައިޝަތު އަލީއަށް ލިބިވަޑައިގެންނެވީ 646 ވޯޓެވެ. މިއީ އެ ބައި-އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި ހަތަރު ވޯޓު ފޮށްޓަކުން ލިބިފައިވާ ނަތީޖާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!