ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަޙީމް އިންޑިއާއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. މިއީ އަބްދުއްރަހީމް މަޖިލިސް ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާގެ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އަދި މަޖިލީހުގެ ރިޔާސަތު ވަނީ ނައިބު ރައީސް އަހުމަދު ނާޒިމްއާ ހަވާލުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުން، މަޖިލިސް ރައީސް ވަނީ ދާދިފަހުން ސްވިޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންފައެވެ. އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!