ޚަބަރު
ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަތުން އަތުލަން މަޖިލީހުގެ މެމްބަރުން ގޮވާލައިފި

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތުގެ ތަސައްވުރު ކިލަނބުވާ ދަރަޖައަށް ގދ. ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނެ، ވިލާ އެއާ އަތުން އެއާޕޯޓު އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވި ގޮތުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީން އެއާޕޯޓުގެ ފެންވަރުގެ އެސެސްމަންޓެއް ހަދާފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. “އެސެސްމަންޓެއް ހަދައިފިއްޔާ، އެތަން ހިންގަން ހުއްދަ ނުދޭ ހިސާބުގައި މިހާރު އެއާޕޯޓު އެ އޮތީ،” ސައުދުﷲ ވިދާޅުވި އެވެ.

2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަށް ވިލާ އެއާއާ ހަވާލުކުރެވުނު އެއާޕޯޓު، 2017 ވަނަ އަހަރު ސަރުކާރުން އަތުލުމަށްފަހު، 2018 ގައި ކޯޓު މަރުހަލާތަކުން ވިލާ އެއާއަށް ލިބި، 2022 ގެ މާރިޗު މަހު އަލުން ހަވާލުކުރެވުނެވެ. ނަމަވެސް، އޭގެ ފަހުން އެއާޕޯޓުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި، ރަންވޭ މައްޗަށް ވެސް ބޭނުން މީހަކަށް އެރޭ ގޮތަށް ސަލާމަތީ ކަންކަން ވެސް ނުބެލެހެއްޓޭ ކަމާއި، ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ވިސްނުމެއް ވިލާ އެއާއިން ގެންގުޅޭ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

މި މައްސަލައާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ، ކޮމިޓީއަށް މިކަމާ މެދު ގޮތެއް ނިންމޭނީ ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!