ޚަބަރު
ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީއަކު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީ އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެނެކެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު، މީގެ ތެރޭގައި ހިމެނޭ ބިދޭސީ އަންހެން މީހާ ވަނީ ޑިޕޯޓުކޮށްފައެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވި ގޮތުގައި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެނާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!