ރިޕޯޓް
ޅަދަރިމަޔަކު މަސްދުވަހަށް ގުދަނު ބަންދުގައި

ދިވެހިރާއްޖޭގެ އިންތިޚާބީ ކަންކަމާއި ގުޅިގެން އެކިދުވަސްވަރު ބައެއް ތަންތާނގައި ވަރަށްދެރަ ކަންތައްތައް ހިނގާފައި އެބަހުރެއެވެ. ޤަބޫލުކުރަން ދަތި ބަލައިގަތުން ދަތި ކިތައްމެ ކަމެއް ހިނގައެވެ. އެކަމަކު ވެސް ހިނގިކަމެއް ވާނީ ހަމަ ހިނގިކަމަށެވެ. މާޒީއަކީ، މުސްތަޤުބަލުގެ ދުރުމިއެވެ. ލިބިގަންނަށްޖެހޭ އެންމެ އަގުބޮޑު ފިލާވަޅަކީ، ޢިބްރަތެވެ. ރާއްޖޭގައި އަލަށް ތަޢާރަފުކުރެއްވި އަތޮޅުކޮމިޓީ ނިޒާމުގެ ދުވަސްވަރެވެ. އެނިޒާމުގައި ހަމަޖެހިފައިއޮތީ، އަތޮޅުކޮމިޓީ އިންތިޚާބުގައި އެންމެގިނަވޯޓް ލިބޭ ކެނޑިޑޭޓަކަށް އެ އަތޮޅެއްގެ އަތޮޅުވެރިކަން ލިބޭގޮތަށެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގައި ޢާއްމުކޮށް ބާއްވާ ގިނަ އިންތިޚާބުތަކަށް ކުރިމަތިލައި މަދުފަހަރެއްގައި މެނުވީ ހޮވެން ޖެހެނީ، ނުވަތަ ހޮވާފައިވަނީ ބާރާއި، ނުފޫޒް އޮތް ފަރާތެކެވެ. ފައިސާއާއި ތަކެއްޗާއި ބާރާއި އެހެނިހެން އެފަދަ ވަސީލަތްތަކުންނެވެ. ކުރިމަތިލި މަގާމަކަށް ގާބިލްވުމާއި އެކަށީގެންވުމާއި ނޫނީ މަގާމަށް ތަޞައްރަފު ފުދުމަކީ މުޅީން އެހެންކަމެކެވެ. އެކަންކަން އޮންނާނީ އޮތްތާކުއެވެ. އެފަދަ އިންތިޚާބުތަކަށް ކުރިމަތިލާފައިވާ ބާރާއި ނުފޫޒްގަދަ ފަރާތަކަށް ވޯޓް ނުދޭނޭކަމަށް ފެންނަ މީހުންނާއި އަދި އެ ފަރާތަށް ވޯޓް ނުދިން ކަމަށް ފެންނަ ބައެއް މީހުންނަށް އިންތިޚާބުގެ ކުރިންނާއި ފަހުން ވެސް ވަރަށްބޮޑު ދަތިތަކާއި ކުރިމަތިވެއެވެ.

އިންތިޚާބުގެ ފަހުން އެކިއެކި ފިއްތުންތަކާއި ދަތިތަކާއި ބަންދުތަކާއި ކުރިމަތިވެއެވެ. އެފަދަ މީހުންގެތެރެއިން ގުދަނުގެ ބަންދަކާއި އަންހެނަކާއި ކުރިމަތިވެދާނެ ކަމަށް ގިނަބަޔެއްގެ ހިތަކަށް ނުގެނެވޭނެއެވެ. ނަމަވެސް ރާއްޖޭގެ ރަށެއްގައި އެކަންވަނީ ހިނގާފައެވެ. އިންތިޚާބުގެ ނަތީޖާގެފަހުން އެ އަންހެންމީހާ ބަންދުކުރީ އޭނާގެ ރަށުގެ ރަށުއޮފީހުގެ ގުދަނެއްގައެވެ. އެ އަންހެންމީހާއަކީ، އެ ފަހަރުގެ އަތޮޅުކޮމިޓީގެ އިންތިޚާބުގައި ހޮވެންޖެހޭ ފަރާތުގެ ބާރާއި ނުފޫޒް އޮތުމާއެކު ވެސް އެ ފަރާތަށް ވޯޓު ނުދޭނެކަން ބެލެވުނު މީހެކެވެ. އޭނާއާއި ބެހޭގޮތުން ހުށަހަޅާފައިވާ ރިޕޯޓުގައި ލިޔެފައިވަނީ، އޭނާއަކީ، ރިކާބީއަކަށް ގާއަޅައިގެން އެ ރިކާބީ ބޯމަތީގައި ބަހައްޓައިގެން ބާރާއި ނުފޫޒްގެ ކެނޑިޑޭޓަށް ތާއީދުކުރާ މީހުންގެ ގޭގޭގެ ފުރާޅުތަކަށް ގާއުކާ މީހެއްކަމަށެވެ. ނަމަވެސް ވޯޓްލީއިރު އެ އަންހެންމީހާގެ ބަނޑަށް 8 މަހެވެ.

މިފަދަ އަންހެނަކު ރޭގަނޑު ރަށުގެ އެތައްމިތާނގައި ހުންނަ ގޭގޭގެ ފުރާޅުމައްޗަށް ގާއުކުމަކީ ކުރާނެކަމެއްތޯ ކުރިކަމެއްތޯ ރަނގަޅަށް ބެލުމެއްނެތެވެ. އެކަން ބެލުމެއްނެތި އޭނާ ބަންދުކުރީ ވިހެއުމަށްފަހު، ތަންކޮޅެއް ފަހުންނެވެ. ކަންދިމާވިގޮތުން އިންތިޚާބުގައި ހޮވުނީ، އެ އަންހެންމީހާގެ މައްޗަށް ރިޕޯޓްކުރި ފަރާތް ތާއީދުކުރި ކެނޑިޑޭޓެވެ. ބާރާއި ނުފޫޒުގެ ފަރާތެވެ. އެގޮތުން އިންތިޚާބުގައި ގިނަވޯޓް ލިބިގެން އަތޮޅުވެރިކަމަށް ހޮވޮނު ބޭފުޅާ މަޤާމާއި، ޙަވާލުވެވަޑައިގަތީ، ޖެނުއަރީ 1، 1971މ. ގައެވެ. މި ދެންނެވި އަންހެންމީހާ ވިހެއީ ނޮވެމްބަރ 1970މ. ގައެވެ. އޭނާ ގުދަނުގައި ބަންދުކުރީ 1971މ. ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހު ހަފުތާގައެވެ. އޭނާ ވޯޓްނުދިން ފަރާތް އަތޮޅުވެރިކަމަށް އައުމަށްފަހުއެވެ.

ބަންދުކުރި ގުދަނަކީ 1948މ. ވަނަ އަހަރުގައި ރާނާފައި އުވަ ނުޖަހާހުރި ގުދަނެކެވެ. އެ ގުދަނުގެ ބޮޑުމިނަކީ، ގާތްގަނޑަކަށް 12 ފޫޓް 14 ފޫޓެވެ. ޓިނުން ހިޔާކޮށްފައިވާ އެ ގުދަނުގެ ދޮރު ބަންދުކުރަނީ، ދޮރުފަތުގެ ބޭރުން ދަގަނޑު ފަތިގަނޑެއްއަޅައި، އެލުވާ ތަޅެއް ލައިގެންނެވެ. ބައެއް ތަންތަނުން ތަޅުން ގަނޑު ނެއްޓިފައި ހުއްޓެއްކަމަކު، އުވައިން ތަޅުމެއް އަޅާފައި އޮތެވެ. އެ ދުވަސްވަރަކީ، މަދުގެއްގައި މެނުވީ ގިފިލި ވެސް ނިވާވެ ބަންދުވާގޮތަކަށް ހުންނަ ޒަމާނެއް ނޫނެވެ. ވުމާއެކު، ގިނަމީހުން ގަޟާޙާޖަތްކުރަން ބޭނުންކުރަނީ، ރަށްރަށުގެ ހޭޅި އާއި، ވަލުތެރެއެވެ. ތާހިރުވަނީ މޫދުންނެވެ. އެގޮތުން މި އަންހެންމީހާ ގަޟާހާޖަތްކުރުމަށް ގެންދަން ހަމަޖެހިފައި އޮންނަނީ ހަމައެކަނި ރޭގަނޑުގައި، ރަށުއޮފީހުގެ ޕިޔޯނުގެ ޙަވާލުގައެވެ.

އެ އަންހެން މީހާގެ ގެއާއި، އެ ގުދަން ވަރަށްދުރެވެ. އެހެންވެ އޭނާ ގެންދަނީ، ގުދަނުން ފެށިގެން ދޮޅުހާހެއްހާ ފޫޓު ދުރަށް އަތިރިމައްޗަށް ނުވަތަ ހޭޅިއަށެވެ. ފެންވެރުން އޮންނަނީ މުޅިން މަނާކޮށްފައެވެ. ނަމަވެސް ބަންދުގެ މުއްދަތުގެތެރޭގައި އެއްފަހަރު ފެންވެރުވިއެވެ. ފެންވެރުވީ ބޮޑުލޯގަނޑަކަށް ފެންއަޅައިގެން އެ ލޯގަނޑު ގުދަނަށް ވައްދައިގެންނެވެ. އެ އަންހެންމީހާ ގުދަނުގައި ހޭދަކުރި ދުވަސްތަކުގައި ކުރިމަތިވެފައިވާ އެކިއެކި ދަތިތަކުގެ ވާހަކަ ބަޔާންކޮށް ލިޔެފައިވާ ސިޓީތަކުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމުގެތެރެއިން އެއްކަމަކީ، އޭނާގެ ބައެއް ނާޒުކުހިސާބަށް ކުރަފީގެ ސަބަބުން ގެއްލުންތައް ލިބުނު ވާހަކައެވެ.

އެފަދަ ގިނަގުނަ ސިޓީތަކަށްފަހު، އޭނާ ގުދަނުން މިންޖުކުރި އިރު އޭނާގެމައްޗަށް އެއްވެސްކުށެއް ސާބިތެއްނުވެއެވެ. ކޮންމެއަކަސް އެ އަންހެންމީހާ ގުދަނުގައި ބަންދުކޮށްފައި އޮތް ދުވަސްވަރު، އޭނާގެ ތުއްތުދަރިފުޅަށް ގާތުން ބުއްނުދެވެއެވެ. އެ ކުއްޖާ މައިމީހާގެ ގާތަށް އެ ތަނަކަށް ގެންދާކަށް އަމުރެއް ނޯވެއެވެ. އަދި އެ އަންހެންމީހާ ގެއަށް ގެންދާކަށްވެސް އަމުރެއް ނޯވެއެވެ. އެ ކުއްޖާއަށް ކާންދެނީ އެ ކުއްޖާގެ ބައްޕައެވެ. ކާންދެނީ، ދޮންކެޔޮ (މާޅޮސްކެޔޮ) ޗިސްކޮށްފައެވެ. އެއީ އަޅުގަނޑު ދެކެފައިވާ ވަރަށް ގިލަންވެރި މަންޒަރެކެވެ. ކަންދިމާވީ ވެސް ވަރަށް ދެރަގޮތަކަށެވެ. އެއީ މިހާރު ލޮލަށް ނުފެންނަ ވާހަކަނުދެކެވޭ އަދި ސިކުނޑީގެ ބައްޔަށް މުޅި އުމުރަށް ބޭސްކާންޖެހޭ އަންހެންކުއްޖެކެވެ. މިއީ ކަންހިނގިގޮތެވެ. ހިނގިކަމެއް ވާނީ ހަމަ ހިނގިކަމަށެވެ. މާޒީއަކީ، މުސްތަޤްބަލުގެ ދުރުމިއެވެ. ލިބިގަންނަށްޖެހޭ އެންމެ އަގުބޮޑު ފިލާވަޅަކީ، ޢިބްރަތެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ހާޝިމް

    އަޅުގަނޑަށްވެސް ފެނުނު މަންޒަރެއް ތިއީ.. އެކަމަކު ތިވާހަކަ ދައްކަން ކެރުނު މީހަކު ނެތް. އުފާވެއްޖެ ހުވަދޫގައި މި ލިޔުން ޖެހީމަ