ބޮލީވުޑްގެ އަސަރު ގަދަ ލޯބީގެ ފިލްމު “ސަނަމް ތޭރީ ކަސަމް” ގެ ދެވަނަ ބައި އަންނަ އަހަރު ރިލީޒްކުރުމަށް ނިންމައިފި އެވެ.
މި ފިލްމުގެ ޑައިރެކްޓަރެއް ކަމަށްވާ ވިނޭ ސަޕްރޫ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ 2016 ގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ވެސް މިހާރު އޮތީ ތައްޔާރީގައި ކަމަށެވެ.
2026 ވަނަ އަހަރުގެ ވެލަންޓައިންސް ޑޭ ގައި ގެނެސްދިނުމަށް ނިންމާފައިވާ މި ފިލްމުގެ ކާސްޓާ ބެހޭ މައުލޫމާތެއް ވިނޭ ހިއްސާ ނުކުރެއެވެ.
“ސަނަމް ތޭރީ ކަސަމް 1” ގެ ލީޑް ރޯލުން ފެނިގެންދިޔައީ ހާޝްވަރްދަން ރާނޭ އާއި ޕާކިސްތާނުގެ ބަތަލާ މަރްވާ ހޮކޭން އެވެ. މި ފިލްމް ވެގެންގޮސްފައިވަނީ މިހާތަނަށް މަރްވާ ކުޅުނު ހަމައެކަނި އިންޑިއާ ފިލްމަށެވެ.

