ޚަބަރު
މާރާމާރީ އާއި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް!

މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތާއި، ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި އޭނާ ހައްޔަރު ކުރީ މިއަދު އެއަރޕޯޓުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ، ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މެލޭޝިއާއަށް ފުރައިގެން ދިއުމުން، މެލޭޝިއާއިން އޭނާ ހުއްޓުވައި، އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު، ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ފުލުހުން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ މައްސަލައެއް ކަމަށްވާއިރު، މި މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!