ޚަބަރު
އައިލެންޑް އޭވިއޭޝަނަށް ތާރީހީ ކާމިޔާބީއެއް، އީއޭއެސްއޭ ޕާޓް 145ގެ ސެޓްފިކެޓް ލިބުނު ރާއްޖޭގެ ފުރަތަމަ އެއާލައިން!

ޤައުމީ އެއަރލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނަށް ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) ޕާޓް-145 ސެޓްފިކެޓް ލިބިއްޖެއެވެ. މިއީ ޔޫރަޕުގައި ރަޖިސްޓަރީކޮށްފައިވާ މަތިންދާ ބޯޓުތައް މަރާމާތުކުރުމަށް ބޭނުންވާ ސެޓްފިކެޓެކެވެ. އައިލެންޑް އޭވިއޭޝަނަކީ މި ސެޓްފިކެޓް ލިބުނު ރާއްޖޭގެ ފުރަތަމަ އެއަރލައިނެވެ.

ޕާޓް-145 އަކީ މަތިންދާ ބޯޓު މަރާމާތުކުރުމުގެ ކަންކަން ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ އޮނިގަނޑެކެވެ. މި ސެޓްފިކެޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާތަކުން ދޭ އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓުތަކުގެ ތެރެއިން އެއް ސެޓްފިކެޓެވެ.

އައިލެންޑް އޭވިއޭޝަނަށް މި ސެޓްފިކެޓް ލިބުމާ ގުޅިގެން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ އޭވިއޭޝަން މެއިންޓެނެންސް ޚިދުމަތުގެ ދާއިރާއަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިކަން އަވަސްވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިން ޒަމާނީކޮށް ބާރުވެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސެޓްފިކެޓް ލިބުމާއެކު، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރުންނަށް ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާ ބޯޓުތަކަށް ޚިދުމަތް ދެވޭނެއެވެ. މިހާރުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ގިނަ އެއަރލައިންތަކަށް އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރުން ޚިދުމަތްދޭ ކަމަށާއި، މި ސެޓްފިކެޓާއެކު އިތުރު އެއަރލތުރު އެއަރލައިންތަކަށް ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް އިންޖިނިއަރިންގ އޮޕަރޭޝަން މުޙައްމަދު ޙަސަން ވިދާޅުވީ، މި ސެޓްފިކޭޝަންގެ ސަބަބުން އެއަރލައިންތަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތްދެވި، އޮޕަރޭޝަންތަކުގައި ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ޤައުމީ އެއަރލައިންގައި މަސައްކަތްކުރާ ފަރާތްތަކަށާއި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދިޔަ ފަހި ފުރުޞަތެއް ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް މިހާރުވެސް ރާއްޖެއަށް ދަތުރުކުރާ ގިނަ މަތިންދާބޯޓުތަކުގެ މެއިންޓެނެންސް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވެއެވެ. އޭގެ ތެރޭގައި އެއަރބަސްގެ ބޮޑެތި ބޯޓުތަކާއި، ބޮއިންގ 777 އަދި 787 ފަދަ ވައިޑް ބޮޑީ މަތިންދާ ބޯޓުތައް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީގައި ބޭނުންކުރާ ޓެކްނަމް ބޯޓުތަކާއި، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ޑޭޝް އަދި އޭޓީއާރް މަތިންދާ ބޯޓުތައްވެސް މަރާމާތުކުރެވެއެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރުވެސް 30 އަށްވުރެ ގިނަ އެއަރލައިނަށް ޚިދުމަތްދެއެވެ. އީއޭއެސްއޭ ޕާޓް-145 ސެޓްފިކެޓް ލިބުމާއެކު، އެ ކުންފުނީގެ ޤާބިލުކަން އިތުރުވެ، ދުނިޔޭގެ އޭވިއޭޝަން މެއިންޓެނަންސް ދާއިރާގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ވެގެންދާނެ ކަމަށް ބެލެވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ މި ސެޓްފިކޭޝަނާއެކު، އެ ކުންފުނި ވަނީ އޭވިއޭޝަން ދާއިރާގެ އިތުރުވަމުންދާ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދެވޭނެ، ކޮލިޓީ މެއިންޓެނަންސް ޚިދުމަތްތައް ބޭނުންވާ އައު އެއަރލައިން ޕާޓްނަރުން ހޯދުމަށް ތައްޔާރުވެފައި ކަމަށެވެ.

މި ސެޓްފިކެޓް ލިބުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް އަދި އައިލެންޑް އޭވިއޭޝަނުން ދެމުންދާ ޚިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ވަގުތެއް ކަމަށްވެސް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!