ޚަބަރު
ރޯދަމަސް އަޅުކަމުގައި ހޭދަކުރުމަށް މަޖިލީސް ޗުއްޓިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލައި، އަންނަ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ހުށަހެޅި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

މި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށްފަހު ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދާގޮތަށް ހަމަޖެހިގެންދާނެއެވެ. އަދި ދެވަނަ ދައުރު ކުރިއަށްދާނީ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު އޮންނާނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވި ގޮތުގައި މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ވީހާވެސް ބޮޑަށް އަޅުކަމަށް ފުރުސަތު ދިނުމެވެ. މި އިސްލާހު ކޮމިޓީން ފާސްކޮށްފައިވަނީ އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.

ނަމަވެސް މި އިސްލާހާ ދެކޮޅަށް ވާހަކަދައްކަވަމުން، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީވެސް ދީނީގޮތުން ކުރެވޭނެ އަޅުކަމެއް ފަދަ ކަމެއްކަމަށެވެ. “ހަމައެކަނި އަޅުކަމަށޭ ކިޔާފައި ރޯދަ މަސް އެއްކޮށް ހުސްކޮށްލައިގެން، އެކަހަލަ ގޮތަކަށް ނޫން އިސްލާމީ ތާރީޚުން ފެންނަން އޮތީ،” އަމީން ވިދާޅުވިއެވެ.

މި އިސްލާހު ފާސްވުމާއެކު، މިއަހަރުގެ ދެވަނަ އަދި ތިންވަނަ ދައުރު ކުރިއަށްދާނީ އައު އިސްލާހުގައިވާ ގޮތުގެ މަތިންނެވެ. މިއީ މަޖިލީހުގެ މަސައްކަތްތަކަށް އަންނަ ފާހަގަކޮށްލެވޭ ބަދަލެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!