ޚަބަރު
އެސްޓީއޯއިން ކާށި ޝިޕްމެންޓެއް ގެނެސް، 5 ރުފިޔާއަށް ކާއްޓެއް ވިއްކަން ފަށަނީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި ވިއްކަން ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ކާށި ވިއްކުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާގެ އަގުގައި ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

މިވަގުތު މާކެޓުގައި ކާށީގެ އަގު 10 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައި ހުރިއިރު، އެސްޓީއޯއިން މި އަގަށް ކާށި ނެރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. އަދި ކާށީގެ އިތުރުން ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. މިގޮތުން މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނައުމަށް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ. އަދި ތާޒާ ތަރުކާރީ އާއި މޭވާގެ ގޮތުގައި ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.

އެސްޓީއޯއިން ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ވެސް ހެޔޮ އަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!