މާލެ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް “ރޯދަ ސާފު” ގެ ނަމުގައި މިއަދު ވަނީ ފަށައިފައެވެ.
މި ހަރަކާތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފް، މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި 20 އަށްވުރެ ގިނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވެއެވެ. މީގެ ތެރޭގައި އެކި މިނިސްޓްރީތަކާއި، ސަރުކާރު ކުންފުނިތަކާއި، މިނިވަން މުއައްސަސާތައް ހިމެނެއެވެ.
“ރޯދަ ސާފު” ހަރަކާތުގެ ދަށުން މާލޭގެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މި ގޮތުން:
– ގްރޫޕް 1 އިން އާޓިފިޝަލް ބީޗް ސަރަހައްދު– އާރުޑީސީއާއި، މީރާއާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް
– ގްރޫޕް 2 އިން އުސްފަސްގަނޑު ސަރަހައްދު– އެމްއެންޑީއެފާއި، އެމްޑަބްލިއުއެސްސީއާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް
– ގްރޫޕް 3 އިން އިންޑަސްޓްރިއަލް ޒޯން ސަރަހައްދު– މޯލްޑިވްސް ޕޮލިހާއި، ކަރެކްޝަނަލް ސާވިސްއާއި، ކަސްޓަމްސްއާއި، ނެޝަނަލް ޑްރަގްއެޖެންސީއާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް
– ގްރޫޕް 4 އިން ޕޯޓްސް ލިމިޓެޑް ސަރަހައްދު- ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް
– ގްރޫޕް 5 އިން ސަލްމާން މިސްކިތް ސަރަހައްދު– މޯލްޑިވްސް ގޭހާއި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް
މީގެއިތުރުން މި ހަރަކާތުގެ ދަށުން ހުޅުލެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. މި ހަރަކާތަކީ ރަމަޟާން މަހާ ދިމާކޮށް މާލެ ސިޓީ ސާފުކުރުމަށް ހިންގާ ހާއްސަ ހަރަކާތެކެވެ.

