ޚަބަރު
ހެޔޮ އަގެއްގައި އެސްޓީއޯއިން ފިޔާ ވިއްކަން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ ވިއްކަން ފަށައިފިއެވެ.

ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ 25ރ އާއި 30ރ އާއި ދެމެދުގައެވެ. މިއާއެކު، އެސްޓީއޯއިން ވަނީ އަގު ހެޔޮކޮށް ފިޔާ ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން ފިޔާ ވިއްކާ އަގުތައް

  • ފިޔާ ކިލޯއެއް – 16 ރުފިޔާ
  • ފިޔާ ބަސްތާއެއް – 350 ރުފިޔާ
  • 10 ބަސްތާ ފިޔާ – 340 ރުފިޔާ

ފިޔާގެ އިތުރުން އެސްޓީއޯއިން ލުނބޯ އާއި ކާށިވެސް ހެޔޮއަގެއްގައި ވިއްކަމުންދާއިރު، ކުރިއަށް އޮތް ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން މޮނިޓަރކުރަމުންގޮސް، އަގު މަތިވާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ.

އެސްޓީއޯއިން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައިވާއިރު، އޭގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!