ޚަބަރު
ރައީސްގެ އިރުޝާދުފުޅާއެކު ކުރަމުންދާ މަސައްކަތުން، މިދައުރުގެ ތެރޭގައި ޙައްޖުގެ އަގު ކުޑަކުރެވޭނެ: ވަޒީރު ޑރ.ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ދައުރުގައި އެމަނިކުފާނުގެ އިރުޝާދުފުޅާއެކު، ޙައްޖު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުން، މިދައުރުގައި ޙައްޖަށް ދިޔުމަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ރޭ ބޭއްވުނު “އަހާ ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި ރައީސްގެ އިރުޝާދުފުޅާއެކު ޙައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަނުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޙައްޖަށް މީހުންދިޔުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަސައްވުރެއް ކަނޑައަޅުއްވައިގެން އޭގެ ދަށުން މަސައްކަތް އެބަކުރަމުންދޭ. މިއަދު މިވެނި ދުވަހެއްގައި ޙާސިލުވާނެޔޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ މިދައުރުގެ ތެރޭގައި އިރާދަކުރެއްވިޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ.” ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ޝަހީމް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި މިވަގުތު 9000 މީހުން ތިބިކަމަށާއި، އަންނަ އަހަރުން ފެށިގެން ކިޔުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށް ލުއިތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކި އަހަރެވެ. އަދި މިހާރު 40 އަށްވުރެ ގިނަ މިސްކިތް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!