ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
ފުލުހުން ހޯދަމުންދަނީ ގ. ސިނަމާލެ 1، 05-13 އެޕާޓްމަންޓްގައި ދިރިއުޅޭ 28 އަހަރުގެ ޒައިދާން މުޙައްމަދު ހާޝިމްއެވެ. އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން، 2025 ފެބްރުވަރީ 20 ވަނަ ދުވަހުގެ 10:30 އަށް ކޯޓަށް ހާޒިރުކުރުމަށްޓަކައެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން، ޒައިދާން މުޙައްމަދު ހާޝިމް ކޯޓަށް ހާޒިރުކުރުމަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ.
ޒައިދާން މުޙައްމަދު ހާޝިމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެ މަޢުލޫމާތެއް ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

