ޚަބަރު
ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތް ދެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ކޮމިޓީއިން ފާސްކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އެހެން ގާނޫނެއްގެ ދަށުން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ޑަބްލިއުޑީސީ މެމްބަރުންނަށް، ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހޭނެއެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ މިއަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށެވެ. އަދި “އަންހެނުންނަކީ ކޮންމެ ރަށެއްގައި ވެސް ރަށުގެ ތަރައްގީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް” ކަމަށް ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!