ޚަބަރު
އިތުރު ގައުމުތަކަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރަނީ

ރާއްޖެއިން އިތުރު ގައުމުތަކަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ އައްޔަނުކުރުމަށް 4 ބޭފުޅެއްގެ ނަން ހުށަހަޅައިފި އެވެ.

މިގޮތުން، ބުރުނާއީއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވާފައި ވަނީ މިހާރު މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ. ރުއްފުށި، ޑރ. މަރިޔަމް ޝަބީނާ އަހުމަދުގެ ނަމެވެ.

ލަގްޒަމްބާގް އަދި ނެދަލެންޑްސަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވާފައިވަނީ މިހާރު ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މ. ގީލާވިލާ، ގީލާ އަލީގެ ނަމެވެ.

ފްރާންސްގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވާފައިވަނީ މިހާރު އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހ. އޯކިޑް، އިރުތިޝާމް އާދަމްގެ ނަމެވެ.

އޮސްޓްރޭލިއާގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވާފައިވަނީ މިހާރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މއ. ދިލާސާ، މުހައްމަދު ލުވޭޒުގެ ނަމެވެ.

މި ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައިވާއިރު،  މި ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!