ޚަބަރު
ޅ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހުން ހައްޔަރަށް

ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގުނު މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްގެ މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޅ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ޅ އަތޮޅުގެ ދެ ރަށަކުން ހައްޔަރުކޮށްފައިވާ 3 މީހުންނާއި އެމީހުނާއެކު އަތުލައިގަނެވުނު މަސްތުވާތަކެތި؛

  • ހިންނަވަރުން ހައްޔަރު ކުރި ހަސަން މުނާޒްގެ އަތުން 66.02 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗަކާއި ފައިސާ ފެނުނެވެ. ކޯޓުން ވަނީ މުނާޒު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
  • ނައިފަރުން ހައްޔަރު ކުރި ޢަލީ މުޙައްމަދުފުޅުގެ އަތުން 5 ދަޅު ބަނގުރާ ފެނުނެވެ. އަލީ މުހައްމަދުފުޅު ވަނީ 7 ދުވަހަށް ބަންދުކޮށްފައެެވެ.
  • ހަމަ އެރަށުން ހައްޔަރުކޮށް 12 ދުވަހަށް ބަންދުކޮށްފައިވާ އަޙްމަދު ވިއާމްގެ އަތުން 12 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވަނީ ފެނިފައެވެ.

މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!