ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އާ ގުޅިގެން ބޮޑުބެރު މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން މި ދާއިރާއަށް އައު ތަރިންތަކެއް ނެރެދޭނެ ވާދަވެރި މުބާރާތަކަށް ވެގެންދާނެ ކަމަށް ބީސީސީއިން ވަނީ ބުނެގައެވެ.
ބީސީސީ އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައިިވާ ކަމަށެވެ.
މީގެ އިތުރުން، މި މައުރަޒާ ދިމާކޮށް ބީސީސީއިން ވަނީ ޓިކްޓޮކް ޗެލެންޖެއްވެސް ފަށައިފައެވެ. މި ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުން ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއެއް ހުށަހަޅަންޖެހޭނެއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މައުރަޒުގައި އެކިއެކި ދާއިރާތަކުން ދިވެހިންގެ އުފެއިންގެ އުފެއްދުންތެރިކަން ފެންނާނެކަމަށާއި އަދި މިއީ ދިވެހިންގެ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް ބީސީސީއިން ވިދާޅުވެއެވެ.
މި މައުރަޒުގައި ޖުމްލަ 7 ދާއިރާއަކުން 15 ގިންތިއަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މަޢުރަޒު މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ކުރިއަށްދާނެއެވެ. މި މައުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މަޢުރަޒެކެވެ