އެއް ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މި އަހަރު ޒިޔާރަތްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ވަނީ 9،495 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 351،490 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 326،464 ފަތުރުވެރިންނާއި އަޅާ ބަލާއިރު %7.7 އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ، ރަޝިއާ އަދި އިޓަލީއިންނެވެ. އެގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން އެކަނިވެސް ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި 3 ޤައުމުގެ ތަފާސްހިސާބް
– ޗައިނާ –54،090 ފަތުރުވެރިން
– ރަޝިއާ – 34،656 ފަތުރުވެރިން
– އިޓަލީވިލާތް – 33،980 ފަތުރުވެރިން
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.