ޚަބަރު
މުވައްޒަފުންނަށް ރޯދަ އެލަވަންސް ދިނުމަށް ހަނދާންކޮށްދީފި!

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެންމެހާ ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.

މިގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮންމެ ދިވެހި މުވައްޒަފަކަށް 3،000 ރުފިޔާ ދޭންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ފާއިތުވި އަހަރު ވަރަށް ގިނަ މުވައްޒަފުންނަށް ޤާނޫނާ އެއްގޮތަށް ރޯދަ މަހުގެ އިނާޔަތް ލިބިފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ. އަދި މިކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި އިނާޔަތަކީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ އެންމެހާ ދިވެހި މުވައްޒަފުންނަށް ލިބެންޖެހޭ އިނާޔަތެކެވެ. މީގެ ތެރޭގައި ވަގުތީ މުވައްޒަފުންނާއި، ޤާނޫނީ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުން ވެސް ހިމެނެއެވެ.

އޮތޯރިޓީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރަމަޟާން މަސް ފެށޭއިރު މި އިނާޔަތް ލިބިފައިނުވާ މުވައްޒަފުންނަށް އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމުގައި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ހަނދާންކޮށްދީފިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!