ޚަބަރު
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ބިނާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދުއަށް ކުރެއްވި ދަތުރުފުޅެއްގައި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ބިނާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަނަދޫ ކައުންސިލާއެކު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އިޖްތިމާއީ ދާއިރާއާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު އުނގަންނައިދޭނެ ޓީޗަރުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމުގައި ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މިނިސްޓްރީން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި އަތޮޅު ކައުންސިލާއި މަނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ވަކި ބައްދަލުވުންތަކެއް ބާއްވައި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ވުޒާރާއާއި މަނަދޫ ކައުންސިލާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އަތޮޅު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށާއި، އިސްރަށްވެހިންނަށާއި، އަންހެނުންނަށް އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކަށް އަމާޒުކޮށްގެން ވުޒާރާއިން ހިންގާ ޕްރޮގްރާމުތައް އަތޮޅުތަކުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިޙާމްގެ މި ދަތުރުފުޅަކީ ށ. އަތޮޅު އަދި ނ. އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަދި ނ އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!