ޚަބަރު
އައްޑޫގައި އަލިފާނުގެ ހާދިސާއެއް؛ ގެއްލުން ލިބުނު ގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

2025 ފެބްރުވަރީ 21 ވަނަ ދުވަހުގެ ފަތިހު 5:11 ގައި ސ. ހިތަދޫ “ގާރލޭންޑް” ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު ލިބުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް އަވަސްވެގަނެ، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 8:05 ހާއިރުއެވެ.

އެންޑީއެމްއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ސަބަބުން އެތަނުގައި ދިރިއުޅެވޭވަރު ނުވާތީ، އެ ގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންގޮސްފައެވެ.

އެންޑީއެމްއޭއިން މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދා ހާދިސާތަކުގައި ގެދޮރު ގެއްލޭ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމާއި އަސާސީ ބ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަކީ އެ އޮތޯރިޓީން އާންމުކޮށް ކުރަމުންދާ ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!