ޚަބަރު
މާހެފުމަކީ ބިދުޢައެއް ނޫން: ޑރ. ޝަހީމް

މާހެފުމަކީ ބިދުޢައަކަށް ނުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ޝަހީމް ވިދާޅުވެފައިވަނީ މާހެފުމަކީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާކަމަކައްނުވާތީ އެކަން ބިދުޢައަކަށް ނުވާނެކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއްކަމަށެވެ. އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށްނުވާތީ އެއީ ބިދުޢައަކަށް ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާހެފުމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއްކަމަށެވެ. އަދި ހަމަ އެގޮތައް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއްކަން ވަޒީރު ފާހަގަކުރެއްވުއެވެ.
ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއްކަމަށް ވިދާޅުވެފައެވެ.

ރަމަޟާން މަހާ ގާތްކޮށް ރާއްޖޭގައި މާހެފުމަކީ ޒަމާނުއްސުރެ އާދައެކެވެ. މާހެފުމަކީ ބިދުޢައެއް ކަމަށް ބައެއް މީހުން ކިޔައެވެ. އެހެންނަމަވެސް އެވޭލާ ޒަމާނުއްސުރެ މިކަން ކުރަމުން އައީ ދިވެހި ޘަޤާފަތެއްގެ ގޮތުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!