ޚަބަރު
ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް، ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް!

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މި ދަތުރަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން އިންތިޒާމުކުރި ދަތުރެކެވެ.

މި މަހުގެ 18 އިން 23 އަށް ކުރިއަށްދިޔަ މި ދަތުރުގައި، ނޫސްވެރިންގެ ޓީމުން ވަނީ ޕުލްމަން މޯލްޑިވްސް މާމުތާ ރިސޯޓު އަދި ދަ ސްޓޭންޑާޑް ހުރަވަޅި މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްފައެވެ. މިއީ އެމްއެމްޕީއަރުސީއިން އިސްނަގައިގެން މިއަހަރު ބޭއްވި މިފަދަ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުގައި ނޫސްވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދެވިފައިވެއެވެ. މީގެ މަޤްޞަދަކީ ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމެވެ.

އެމްއެމްޕީއާރުސީން އިތުރަށް ވިދާޅުވީ، ޗައިނާގެ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކާއި، ސޯޝަލް މީޑިއާ ކެމްޕެއިންތަކުގެ އިތުރުން ޕީއާރު އިނީޝިއޭޓިވްތައްވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުނާރްއާއެކު ޑިޖިޓަލް ކެމްޕޭންއަކާއި ވާޗުއަލް ވެބިނާއެއްވެސް ހިމެނެއެވެ.

ޗައިނާގެ މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ކުރިއަށްގެންދާ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދޭ ކެމްޕޭންތައް، މީޑިއާ އަދި ޓްރެވަލް ޓްރޭޑަށް ހާއްސަ ފެމިލިއަރައިޒޭޝަން ދަތުރުތައް، އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ޕާޓްނަރުންނާއެކު ގުޅިގެން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުން ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ މަޤްޞަދަކީ ރާއްޖޭގެ ހިތްގައިމުކަމާއި، ރީތިކަމާއި ތަފާތު ތަޖުރިބާތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ދިވެހިރާއްޖެ ދޭ އަހައްމިއްޔަތުކަން ދައްކުވައިދީ، ރާއްޖެ އަކީ ދަތުރުފަތުރުގެ އެންމެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!